ގައިން ގަޔަށް އަރާ ބައްޔެއް ޖެހިފައިވާ ބިދޭސީއަކު ގެއްލިގެންހޯދަން ފަށައިފިއެވެ.
ގެއްލިފައިވާ މީހާއަކީ އުމުރުން 31 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އޭނާ ވަނީ ބަންގްލަދޭޝްއަށް ފުރަން ވިލިމާލެއިން މާލެ އައިސް، އެއަރޕޯޓަށް ނުގޮސް ފިލާފައެވެ.
އެ މީހާ މަސައްކަތްކުރާ ކުންފުނީގެ އިސް މުވައްޒަފެއް މައުލޫމާތު ދިން ގޮތުގައި، އެ ބިދޭސީ މީހާއަކީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރަމުން އައި މީހެކެވެ.
އޭނާ ގައުމަށް ފޮނުވަން ނިންމީ ދާދި ފަހުން އެ ކުންފުނީގެ މުވައްޒިފުންގެ މެޑިކަލް ޓެސްޓްތަކަކުން އޭނާއަށް ގައިން ގަޔަށް އަރާ ބައްޔެއް ޖެހިފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގުމާއި ގުޅިގެންނެވެ.
އެ މީހާ އެއަރޕޯޓަށް ނުދިޔަކަން އަންގާފައިވަނީ ވެސް އެޗްޕީއޭ އިންނެވެ.
އަދި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައި ނުވާ ކަމަށް ކުންފުނިން މައުލޫމާތު ދީފައިވެއެވެ.




1 Comment
ގައިން ގަޔަށް އަރާ ބައްލީގެ ނަން ނުވަތަ އެއީ ކޮންކަލަ ބައްޔެއްކަން ހިއްސާކުރާ ބޭނުންނުވަނީ ކީއްވެތޯ.