ނ. ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
އާރްޑީސީއިން ބުނީ، މި މަޝްރޫއުގެ ތެރެއިން މިހާރު ކުރެވެމުން ދަނީ އެރަށުގެ ޗާންދަނީ މަގުގައި ކާރބް ސްޓޯން ޖެހުން އަދި މުހައްމަދު ރާޝިދު ހިނގުމުގައި ބެކް ފިލިންގގެ
މަސައްކަތް ކަމަށެވެ.
ތާރު އަޅައިގެން ނ. ހޮޅުދޫގެ މަގުތައް ހަދަން އާރުޑީސީއާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޮކްޓޯބަރު 2022 ގައެވެ.
ޕްލޭނިން މިނިސްޓްރީން އޭރު ބުނީ 71 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ހޮޅުދޫގެ 3.4 ކިލޯމީޓަރު މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް ތާރު އަޅައި އަދި މަގު ބައްތި ވެސް ހަރުކުރާނެ ކަމަށެވެ
ނަމަވެސް މަޝްރޫއުގެ ވަކި ހިސާބަކުން އެ މަޝްރޫއުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
ނަމަވެސް މި ސަރުކާރުގައި މިދިޔަ ޑިސެމްބަރު މަހު އާރުޑީސީން ވަނީ ހޮޅުދޫ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށައިފަ އެވެ.




