އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެ ކުންފުނީގެ ކަސްޓަމަރުންނަށް ތަފާތު އޮފާތަކެއް އިއުލާނުކޮށްފިއެވެ.
މި އޮފާތަކުގެ ތެރޭގައި ބޯނަސް ޑޭޓާއާއި، ވެލިއު ޕެކްޑް ޑެއިލީ ޕްލޭންތަކާއި، ޑެޑިކޭޓެޑް ގޭމިން ބޫސްޓާތައް ހިމެނެއެވެ.
މި އީދުގެ އޮފާތަކުގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް އޮފަރަކީ ހިލޭ ޓިކްޓޮކް ޑޭޓާއެވެ. އުރީދޫ އެޕް މެދުވެރިކޮށް 2 ޖީބީގެ ހިލޭ ޓިކްޓޮކް ޑޭޓާ އެކްޓިވޭޓް ކުރެވޭނެއެވެ.
މީގެ އިތުރުން، ގޭމް ކުޅޭ ފަރާތްތަކަށް ހާއްސަކޮށް ސުޕާނެޓް ގޭމާ 100 އެޑް-އޮން ވަނީ ތަޢާރަފުކޮށްފައެވެ. މި އެޑް-އޮންގެ ޒަރިއްޔާއިން 100 އެމްބީޕީއެސް ސްޕީޑެއް ތިން ގަޑިއިރަށް އެންމެ 50 ރުފިޔާއަށް ލިބޭނެއެވެ.
ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ވެލިއު ޑެއިލީ ޕެކް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. މި ޕެކްގެ ދަށުން އެއް ދުވަހަށް 125 ޖީބީ ޑޭޓާ 75 ރުފިޔާއަށް ލިބޭނެއެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް 100 ޖީބީގެ ވެލިއު ޝެއާ ޕެކެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ.
މީގެއިތުރުން، މަގޭ ޕްލޭން ބޭނުންކުރާ ފަރާތްތަކަށް 25 އިންސައްތައިގެ ބޯނަސް ޑޭޓާ ލިބޭނެއެވެ. މި ބޯނަސް ޑޭޓާ ލިބޭނީ މަގޭ 450، މަގޭ 500، މަގޭ 600، އަދި މަގޭ 750 ޕްލޭންތަކަށެވެ. އަދި އާޗާ 600 އާއި އާޗާ 750 ޕްލޭން އެކްޓިވޭޓްކުރާ ފަރާތްތަކަށް އިތުރު 30 ޖީބީގެ ބޯނަސް ޑޭޓާ ލިބޭނެއެވެ.
އަޟްހާ އީދު ފާހަގަކުރާ އިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ހިއްސާކުރުމާއި، ހަލުވި ސްޕީޑުގެ ޑިޖިޓަލް ހިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް އޫރިދޫއިން ބުންޏެވެ.




