ކަރަންޓް އަގު ހެޔޮ ކުރުމަށްފަހު ވެސް މެއި މަހުގެ ބިލް އޭޕްރީލް މަހަށްވުރެ ބޮޑުވެފައިވާ ކަމަށް ފެންނަނީ އޭޕްރީލް މަހު ޑިސްކައުންޓް ދީފައިވާތީ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ކަރަންޓް އަގު ހެޔޮ ކުރުމަށްފަހު ވެސް މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ ރައްޔިތުން ޝަކުވާ ކުރަމުންދާތީ، އެކަން ސާފުކޮށްދިނުމުގެ ގޮތުން ސްޓެލްކޯއިން ވަނީ އެކްސްގައި މިރޭ ޕޯސްޓެއް ހިއްސާކޮށްފައެވެ.
ސްޓެލްކޯ އިން ބުނީ އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލް (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލް) ގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުން ކަމަށެވެ.
އެކަން ސާފުކޮށްދޭން އެ ކުންފުނިން ކުރި ޕޯސްޓް:
ސްޓެލްކޯއިން ބުނީ، ކަރަންޓު ބިލަށް އައިސްފައިވާ ހަގީގީ ބަދަލު ދެނެގަތުމަށްޓަކައި 2024 ވަނަ އަހަރުގެ ޑިސެމްބަރު ނުވަތަ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ބިލާއި، އައު ޓެރިފް ރޭޓުން ހަދާފައިވާ ބިލް އަޅާކިޔަން ޖެހޭނެ ކަމަށެވެ.


