އީދު ދުވަހު ކުންފުނި ބަންދުވާނެ ކަމަށާއި، ނަމަވެސް އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ޔުނިޓްތަކަށް ހުސްފުޅި ގެނައުމުން ގޭސް ލިބޭނެ ކަމަށް މޯލްޑިވްސް ގޭސްއިން ބުނެފިއެވެ.
މޯލްޑިވްސް ގޭސްއިން ބުނީ، ބަރަކާތްތެރި އަޝްހާ ޢީދު ދުވަހު އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ޔުނިޓާއި، ޕްރޮޑަކްޝަން ޑިޕާޓްމަންޓް ބަންދުވާނެ ކަމަށެވެ.
ނަމަވެސް ހެންދުނު 09:00އިން ރޭގަނޑު 12:00 އަށް އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ޔުނިޓްތަކަށް ހުސްފުޅި ގެނައުމުން ގޭސް ލިބޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް މޯލްޑިވްސް ގޭސްއިން ބުނެފައިވެއެވެ.
އަދި އެ ކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަކަށް ޓަކައި އެ ކުންފުނިންވަނީ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.




