ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އައްޑޫ އާއި ފުވައްމުލަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މިހުދު ސަމާލު ނެެރުނީ، މިއަދު 13:30 އިން 18:30 އަށެވެ.
މެޓުން ބުނީ، މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށާއި، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ރެއިން ފެށިގެން އައްޑު އަށް ކުރި ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ހުޅުމީދުއަށެވެ. އެގޮތުން 36 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. ދެން އެންމެ ގިނައިން ވާރޭވެހިފައިވަނީ ގަމަށެވެ. އެއީ 23 މިލިމީޓަރުގެ ވާރެ އެވެ.
މި ހަފްތާއަކީ ރާއްޖެއަށް ވަރަށް ވިއްސާރަ ކުރާނެ ހަފްތާއެއް ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ކުރިން ބުނެފައެވެ.
މެޓް އޮފީހުން ބުނީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށެވެ.



