އަޟްޙާ ޢީދުގެ އުފާވެރި މުނާސަބަތާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދިޔާ ބެހުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް އުފާވެރިކަން ގެނެސްދިނުމާއި، ޢާއިލާތަކަށް އެކުވެރިކަމުގެ ވަގުތުތަކެއް ހޯދައިދިނުމެވެ.
މިއީ ކޮންމެ އަހަރަކުވެސް ޢީދާ ދިމާކޮށް އެ ކުންފުނިން އިސްނަގައިގެން ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތެކެވެ.
އުރީދޫއިން ބުނިގޮތުގައި، މި ހަރަކާތުގެ އަމާޒަކީ ޢީދުގެ އުފަލާއި ހިނިތުންވުން ފެތުރުމާއެކު، ޢީދުގެ ހަޤީޤީ ސިފަކަމުގައިވާ އޯގާތެރިކަމާއި ދީލަތިކަން އަދި މުޖުތަމަޢުގެ އެއްބައިވަންތަކަން ދެމެހެއްޓުމެވެ.
”ކުޑަކުދިންގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން ފެނި، އެކުދިންގެ އުފަލުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް.“ އުރީދޫއިން ބުންޏެވެ.

އުރީދޫއިން އިތުރަށް ފާހަގަކުރި ގޮތުގައި މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުތަކާއެކު ގުޅުން ބަދަހިކޮށް، މުހިންމު ވަގުތުތަކުގައި އަޅާލާ ބައިވެރިއެއްގެ ގޮތުގައި ދެމިތިބުމެވެ.
އުރީދޫއިން ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށް ޢީދުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ފޮނުވާފައެވެ.




