އާރްޑީސީން ގ.ދ ފަރެސްމާތޮޑާގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ކުރިއަށް ދިޔައީ ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރާއި ފަރެސްމާތޮޑާ ކައުންސިލުގެ މެންބަރުން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރާ އެކު މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ފަރެސްމާތޮޑާގައި ތިން މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ފަރެސްމާތޮޑާ ފުލުހުންގެ އިމާރާތް އެޅުމާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑް ކުރުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، ދެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ މިއަހަރުގެ މާރިޗު މަހުގައެވެ.


