އުދަ އަރާނެ ކަމަށް ލަފާކޮށް މިއަދުވެސް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާ އިން ހުދު ސަމާލު ނެރެފައި ވަނީ މެންދުރު ފަހު 14:00 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނީ، އުދައިގެ އަސަރު ކުރަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ކަމަށެވެ.
އެހެން ކަމުން މި ސަމާލު 17:30 އާއި ހަމައަށް ނެރެފައިވަނީ އެވަގުތުތަކުގައި އެކި ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވެ، އުދަ އަރާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ.
އިއްޔެ ވެސް މުޅި ރާއްޖެ އަށް އުދަ އަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރިފައިވެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށްވާތީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައަރާނެ ކަމަށް ލަފާކުރެވޭތީ ކަމާބެހޭ އިދާރާތަކުން ވަނީ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސްކޮށް އެވެ.



