ދެ ރަށެއްގައި ފުލުހުންގެ އެކޮމަޑޭޝަން އިމާރާތް ކުރުމުގެ މަސައްކަތާއި، ހަ ރަށެއްގައި ފުލުހުންގެ އިމާރާތެއް ގާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެދުމުގެ މަތިން އެ މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދުމަށް ބޭނުންވާ ކަމަށެވެ.
ވީމާ އެ މަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލާ ކަމަށް އެ އިއުލާނުގައި ވެއެވެ.
ފުލުހުންގެ އެކޮމަޑޭޝަނާއި އިމާރާތްތައް ގާއިމްކުރާ ރަށާއި ބިޑް ސެކިއުރިޓީ
- ހއ. ދިއްދޫގައި ފުލުހުންގެ އެކޮމަޑޭޝަން އިމާރާތް ކުރުމުގެ މަސައްކަތް – 127،500 ރުފިޔާ
- ހދ. ކުޅުދުއްފުށީގައި ފުލުހުންގެ އެކޮމަޑޭޝަން އިމާރާތް ކުރުމުގެ މަސައްކަތް – 127،5000 ރުފިޔާ
- ލ. މާވަށުގައި ފުލުހުންގެ އިމާރާތެއް ގާއިމްކުރުމުގެ މަސައްކަތް – 72,250 ރުފިޔާ
- މ. މުލީގައި ފުލުހުންގެ އިމާރާތެއް ގާއިމްކުރުމުގެ މަސައްކަތް – 212،500 ރުފިޔާ
- ރ. މަޑުއްވަރީގައި ފުލުހުންގެ އިމާރާތެއް ގާއިމްކުރުމުގެ މަސައްކަތް – 72,250 ރުފިޔާ
- ށ. ފީވަކުގައި ފުލުހުންގެ އިމާރާތެއް ގާއިމްކުރުމުގެ މަސައްކަތް – 72,250 ރުފިޔާ
- ތ. ތިމަރަފުށީގައި ފުލުހުންގެ އިމާރާތެއް ގާއިމްކުރުމުގެ މަސައްކަތް – 72,250 ރުފިޔާ
- ތ. ވޭމަންޑޫގައި ފުލުހުންގެ އިމާރާތެއް ގާއިމްކުރުމުގެ މަސައްކަތް – 212،500 ރުފިޔާ
މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.
ފައިސާ ބަލައިގަތުން މާދަމާއިން ފެށިގެން މި މަހުގެ 22 އަށް ކުރިއަށްދާނެ ކަމަށާއި، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެކަމަށް އެއިއުލާނުގައި ވެއެވެ.
މިނިސްޓްރީން ބުނިގޮތުގައި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ މައުލޫމާތާއި ފައިސާ ދެއްކި ރަސީދުގެ ކޮޕީ މެއިލްކުރަން ޖެހޭނެއެވެ.




