ސަރުކާރުން 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ މި މަސައްކަތް ކުރުމަށް ހަވާލުކުރީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިންނެވެ.
މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޡީމް އެވެ.

މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަވާލުކުރި ރަށްތައް އަދި ހަރަދުވާ ވަރު:
– ހއ. ތުރާކުނު: 65.5 މިލިޔަން ރުފިޔާ
– ހދ. ނޮޅިވަރަންފަރު: 101.2 މިލިޔަން ރުފިޔާ
– ހދ. ފިނޭ: 65.5 މިލިޔަން ރުފިޔާ
– ށ. މަރޮށި: 60.2 މިލިޔަން ރުފިޔާ
– ނ. މާފަރު: 116 މިލިޔަން ރުފިޔާ
– ބ. ތުޅާދޫ: 70.9 މިލިޔަން ރުފިޔާ
– ބ. ކުޑަރިކިލު: 53.5 މިލިޔަން ރުފިޔާ
– މ. މުލި: 85 މިލިޔަން ރުފިޔާ
– ތ. ގުރައިދޫ: 74.4 މިލިޔަން ރުފިޔާ
– ތ. ހިރިލަންދޫ: 70.5 މިލިޔަން ރުފިޔާ
– ތ. ކިނބިދޫ: 79.5 މިލިޔަން ރުފިޔާ
ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ގިނަ ފަރާތްތަކާ ހަވާލުކުރަމުން އަންނައިރު، ދާދިފަހުން ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއްވެސް ވަނީ ހަވާލުކޮށްފައެވެ.
އަދި 6 ރަށެއްގެ ސިއްހީ މަރުކަޒު ތަރައްގީކުރުމަށް ވެސް ހަވާލުކޮށްފައިވެ އެވެ.


