ހުޅުމާލޭގައި ހުންނަ ”އޮޅު ހިޔާ“ ގައި ގެންގުޅޭ ބުޅާތަކަށް ބޭނުންވާ ކާނާ ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން އެނިމަލް ވެލްފެއާ މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މިނިސްޓްރީން ބުނީ ކެޑް ފުޑްގެ އިތުރުން ކެޓް ލިޓާ ފޯރުކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަ،ލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން އަންނަ ބުރާސްފަތި ދުވަހު މެންދުރު ފަހު 1:00 ގައި މިނިސްޓްރީގެ ސްޓާ ކްލައުޑްސް ބިލްޑިންގުގެ ވަނަ ފަންގިފިލާގައޮ އޮންނާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
”އޮޅު ހިޔާ“ ގެ ބުޅާތަކަށް ބޭނުންވާ ކާނާ ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ހުޅުވައިލި އިރު، އެ ފެސިލިޓީގައ ބުޅާތައް މަރުވާ މައްސަލަ ދާދި ފަހުން ވަނީ ފެންމަތިވެފައިވެއެވެ. އެގޮތުން ބައްޔެއް ފެތުރި މަހެއްހާ ދުވަހުގެ ތެރޭގައި 50 އަށް ވުރެ ގިނަ ބުޅާ މަރުވެފައިވާ ކަމަށް ބައެއްޖަމިއްޔާތަކުން ބުނެފައިވެ އެވެ.
”އޮޅު ހިޔާ“ އަކީ މާލޭގެ މަގުތައްމަތީގައި ބުޅާތައް ގިނަވެ، އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް ދިމާވަމުންދާތީ އެކަށޭނެ ހައްކެއް ހޯދަން ހެދި ތަނެކެވެ.



