ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ބުނީ، ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފައިވާ ކަމަށެވެ.
އެތަކެތި އަތުލައި ގަނެފައިވަނީ، މިމަހުގެ 22 ވަނަ ދުވަހު ކަމަށާއި، އަތުލައިގަނެފައިވާ މަސްތުވާތަކެއްޗަކީ އެމްފެޓަމިން ކިޔާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ކަސްޓަމްސްއިން ބުންޏެވެ
ކަސްޓަމްސްއިން ބުނީ، އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 3.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަރާ ކަމަށެވެ.




