”އެލައިޑް ހުޅުމާލެ ރަން 2026“ އަށް ތައްޔާރުވުމުގެ ގޮތުން، އެލައިޑް އިންޝުއަރެންސްގެ އޮންލައިން ކޮމިއުނިޓީން ދައްކަމުންދާ ފޯރިއާއި ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރުމުގެ ގޮތުން ”ޝެއަރ ދަ ރަން“ ގެ ނަމުގައި ޚާއްޞަ ގިވްއަވޭއެއް މިއަދު ފަށައިފިއެވެ.
އެލައިޑުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ކެމްޕޭން ކުރިއަށްދާނީ 20 އޭޕްރީލް އިން ފެށިގެން 23 މޭ 2026 ގެ ނިޔަލަށެވެ.
މި މުއްދަތުގެ ތެރޭގައި އިންސްޓަގްރާމް މެދުވެރިކޮށް ދުވުމުގެ ފޯރި ފަތުރައިދޭ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް، މުޅިން އަލަށް ބާޒާރަށް ނުކުތް ”އެޕަލް އެއަރޕޮޑްސް ޕްރޯ 3″ ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެލައިޑް އިންޝުއަރެންސްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް (@allied.mv) ފޮލޯކުރުމަށާއި، އެލައިޑް ހުޅުމާލެ ރަން އާ ގުޅޭ ޕޯސްޓްތައް އަމިއްލަ އިންސްޓަގްރާމް ސްޓޯރީއަށް ޝެއަރކޮށް، ސްޓޯރީގައި @allied.mv ޓެގްކުރުމާއެކު #AlliedHulhumaléRun2026 ހޭޝްޓެގް ބޭނުންކުރުމަށް އެލައިޑުން އެދިފައިވެއެވެ.
މި އިނާމު ލިބޭނީ މުޅި މުއްދަތުގައި އެންމެ ގިނައިން ސްޓޯރީ ޝެއަރކުރާ ފަރާތަކަށެވެ. ޕްރައިވެޓް އެކައުންޓް ގެންގުޅުއްވާ ފަރާތްތަކުން، ސްޓޯރީ ޝެއަރކުރުމަށްފަހު އޭގެ ސްކްރީންޝޮޓެއް @allied.mv އަށް ޑައިރެކްޓް މެސެޖް ކުރުމުން ބައިވެރިވުން ކަށަވަރުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަހަރުގެ އެންމެ ފޯރިގަދަ އިޖުތިމާޢީ ހަރަކާތުގެ ގޮތުގައި ބެލެވޭ މި ދުވުމުގައި ބައިވެރިވެ، ދުވުމުގެ ރޫޙު އާލާކުރުމަށް އެލައިޑް އިންޝުއަރެންސްއިން ވަނީ އެންމެހާ ފަރާތްތަކަށް ދަޢުވަތު އަރުވާފައެވެ.


