ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް (ވީއެމްސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް 4 މެންބަރަކު އައްޔަން ކުރައްވައިފިއެވެ.
ޖުމްލަ 9 މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑަށް އަލަށް އައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ 3 އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ.
ވީއެމްސީގެ ބޯޑަށް އަލަށް އައްޔަންކުރެއްވި މެމްބަރުން
މި ބަދަލު ގެންނަވާފައިވަނީ ކުރިން ބޯޑުގައި ތިއްބެވި 3 މެންބަރަކު ވަކިކުރެއްވުމަށްފަހުއެވެ. ބޯޑުން ވަކިކުރައްވާފައިވަނީ ޢަބްދުލް ސަމީޢު އިމާދުއާއި، އާއިޝަތު ޙަމީދު އަދި ސަބީޙާ އަޙްމަދެވެ.
ވިޒިޓް މޯލްޑިވްސްގެ ބޯޑުގެ ޗެއަރޕާސަނަކީ ޢަބްދުﷲ ޣިޔާސް ރިޔާޒެވެ. އަދި ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކީ އިބްރާހީމް ޝިއުރީއެވެ. ބޯޑުގައި ދެން ތިއްބަވަނީ މަހާ ނަސީރާއި އާމިނަތު ވުލާއު މުޙައްމަދު ނާޒިމެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަކީ ކުރިން އެމްއެމްޕީއާރުސީގެ ނަމުގައި ހިންގަމުން އައި ކުންފުންޏެވެ. ނަމަވެސް 2025 ވަނަ އަހަރުގެ ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކުންފުނީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ބަދަލުކުރައްވާފައެވެ.
މި ކުންފުނީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގައި އިސްތިހާރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މާކެޓިންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.




