ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ހުޅުމާލެއިން 19 ބިދޭސީން ބަލައި ފާސްކޮށް 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ، މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން މިއަދު ހުޅުމާލޭ ފޭސް 2 އިން 19 ބީދޭސީން ބަލައި ފާސްކޮށް، 8 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ.
މި މައްސަލަތަކާއި ގުޅިގެން ބަންދުކުރެވޭ ފަރާތްތައް އެމީހުންގެ ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.




