އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޒާހިދު މަގާމުން އިސްތިއުފާ ދެއްވިކަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
ޒާހިދު މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، އެކަމާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ޒާހިދު އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
މުހައްމަދު ޒާހިދު އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 26 ވީ އާދިއްތަ ދުވަހުއެވެ.
ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށްފަހު، އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމެވެ.




