ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިތުރު ޕާކިންގ ޒޯނެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދައިފިއެވެ.
އެޗްޑީސީން މި ޕާކިންގެ ޒޯން ގާއިމުކުރިކަން ހާމަކުރީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މި ޕާކިންގް ޒޯން ހަދާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދު ކައިރީގައި ހުރި ޕޮލިސް ސްޓޭޝަން އާ ދިމާލުއެވެ. އެޗްޑީސީއިން އިތުރަށް ބުނިގޮތުގައި މިހާރު ކުރެވެމުން ދަނީ އެ ސަރަހައްދުގައި ދުވާރު ހެދުމުގެ މަސައްކަތެވެ.
މި ޕާކިންގް ޒޯންގެ ސަބަބުން ސެންޓްރާލް ޕާކަށް ސައިކަލުތަކުގައި ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.




