”އަދަދު“ ނޫހުން ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމަނައިގެން ނެރެފައިވާ ވީޑިއޯ ޑޮކިއުމަންޓްރީއަކާ ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަނެފިއެވެ.
ޕީޖީ އޮފީހުން ހުށަހެޅި މައްސަލާގައި ބުނީ އަދަދު ނޫހުގެ އެޑިޓާ އިން ޗީފް އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި، އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ޤަޛުފުގެ ކުށުގެ ދަޢުވާ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާއިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި އަމުރެެއްވެސް ނެރެފައެވެ.
އެ އަމުރުގައި ބަޔާންކޮށްފައިވަނީ ކޯޓުން އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން، އަދަދު ނޫހުގެ އެ ވީޑިއޯ ޑޮކިއުމަންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށެވެ.



