ލ. ހިދަތޫގައި މަސް ހިފަން ފައިބާ އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. ނިޔާވެފައި ވަނީ އަމާން / ލ.ހިތަދޫ، އަޙްމަދު ހަމްޒާން (21އ) އެވެ.
ފުލުހުން ބުނީ، ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އެކަމުގެ ރިޕޯޓް މިއަދު 3:42 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މީހާ ސިއްހީ މަރުކަަޒަަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



