ޖަރުމަނުވިލާތުން ރާއްޖެއަށް ބައި ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ފަސްވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައި އޮތް ޖަރުމަނުން މިހާތަނަށް 50,905 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ފަސް ގައުމަކީ:
- ޗައިނާ: 110,609 ފަތުރުވެރިން
- ރަޝިޔާ: 95,134 ފަތުރުވެރިން
- އިނގިރޭސިވިލާތް: 69,969 ފަތުރުވެރިން
- އިޓަލީ: 63,017 ފަތުރުވެރިން
- ޖަރުމަން: 50,905 ފަތުރުވެރިން
އޭޕްރިލް މަހުގެ މިހާތަނަށް ރާއްޖެއަށް 106,218 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާކިޔާއިރު %26.6 ގެ ދަށްވުމެކެވެ. މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ޖުމްލަ 754,793 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު %3.9 ގެ ދަށްވުމެކެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް މިހާރު މަޑުމަޑުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.




