ފ. ފީއަލީގައި ކަރަންޓްގައި ޖެހިގެން ދެ މީހަކަށް އިތުރު ފަރުވާދޭން ފ. ނިލަންދުއަށް މިއަދު ގެންގޮސްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ، އެ ރަށު ވެލްކަމްގޭގެ ދެބެއިންނަށެވެ.
އެ ދެ މީހުންނަށް އަނިޔާވީ ފުރާޅުމަތީން ފައިބަނިކޮށް ކަރަންޓްގައި ޖެހިގެންނެވެ. ބެލެވޭ ގޮތުން އެ މީހުން ކަރަންޓްގައި ޖެހުނީ ފުރާޅުން ފައިބާން އުޅުމުގެ ތެރޭގައި މަގުމަތީ ހޮޅިދަނޑިއެއްގައި ޖެހުމުންނެވެ.
ކަރަންޓްގައި ޖެހި ބިންމައްޗަށް ވެއްޓި އެކެއްގެ ކަނދުރާ ވަނީ ބިނދިފައެވެ. އަދި އެކެއްގެ ބޯ ވެސް ފަޅައިގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.




