ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޮބައިލް އެޕްލިކޭޝަން އާއި އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް މެދުކެނޑިއްޖެއެވެ.
ބީއެމްއެލް އިން ބުނީ، ބީއެމްއެލް އެޕާއި އިންޓަނެޓް ބޭންކިންގެ ހިދުމަތް މިވަގުތު މެދުކެނޑިފައިވާ ކަމަށެވެ. އަދި މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށް، ހިދުމަތް އަލުން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.
މި ހިދުމަތްތައް މެދުކެނޑިފައި ހުންނަތާ މިހާރު އެއް ގަޑިއިރަށް ވުރެ ގިނަ އިރު ވެފައިވާއިރު، މީގެ ސަބަބުން ގިނަ އަދަދެއްގެ ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ބޮޑެތި އުނދަގޫތަކެއް އަންނަނީ ކުރިމަތިވަމުންނެވެ.
ހިދުމަތް މެދުކެނޑުމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ބޭންކުން ވަނީ މައާފަށް އެދިފައެވެ.




