މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހަކީ ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިކަމުގެ ސިނާއަތަށް ތަރުހީބުދިނުމުގެ މަގްސަދުގައި ފާހަގަކުރާ ދުވަހެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދޭ ފޯމު 31 މެއި 2026 ވާ އާދިއްތަ ދުވަހުގެ 12:00 ކުރިން އެ މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. މި ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ގަވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށެވެ.
މި ދުވަހުގެ ރަސްމީ އިޙްތިފާލްތައް ބޭއްވުމަށް އެދި ހުށަހަޅާ ފޯމާ ގުޅިގެން އެއްވެސް އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީއާ ގުޅައިގެން އެ މަޢުލޫމާތެއް ހޯދުމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.




