އެންމެންގެ އޯގާތެރިކަމާއި ހެޔޮ ބަސްތަކަކީ ފަރުވާގެ ދެބައިކުޅަ އެއްބައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކާއި މެދު އޯގާތެރިވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ އެންމެންގެ އޯގާތެރިކަމާއި ހެޔޮބަސްތަކަކީ، ފަރުވާގެ ދެބައިކުޅަ އެއްބައި ކަމަށެވެ.
އޯގާތެރިކަމާއި ހެޔޮ ބަސްތަކަކީ ފަރުވާގެ ދެބައިކުޅަ އެއްބައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކާއި މެދު އޯގާތެރިވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ އެންމެންގެ އޯގާތެރިކަމާއި ހެޔޮބަސްތަކަކީ، ފަރުވާގެ ދެބައިކުޅަ އެއްބައި ކަމަށެވެ.
“ތެލެސީމިއާއަށް ފަރުވާ ހޯދާ ކޮންމެ ކުއްޖަކަށްމެ، މުޖްތަމަޢުގެ ކުލުނާއި ލޯތްބާއި އެހީތެރިކަމާއެކު، އަވަސް ޝިފާއެއް މާތްﷲ މިންވަރުކުރައްވާށި. އާމީން.“ ފަސްޓް ލޭޑީ ވިދާޅިވިއެވެ.
ތެލެސީމިއާ ދުވަސް މުޅި ދުނިޔޭގައި ކޮންމެ އަހަރެއްގައިވެސް ފާހަގަކުރަމުން ދަނީ މެއި މަހުގެ 8ވަނަ ދުވަހެވެ.
މިދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ ތެލެސީމިޔާގެ ސަބަބުން މި ދުނިޔެއާ އަލްވަދާޢު ކިޔާފައިވާ ކުދިންގެ ހަނދާން އާކުރުމާއި ތެލެސީމިޔާއާ ހަނގުރާމަ ކުރަމުންދާ ކުދިންނަށް ރަނގަޅު ހަޔާތެއް ހޯދައިދިނުމަށް ބާރު އެޅުމެވެ.



