ގއ. ވިލިނގިލީގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލައިގެން އުޅެނިކޮށް އަތުލައިގެންފިއެވެ.
ފުލުހުންގެ ބުނީ، އޭނާ ފިލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ގއ. އަތޮޅު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
ފުލުހުން ބުނީ، އެމީހާ ހޮސްޕިޓަލުން ފިލި ނަމަވެސް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ




