މޫސުން ގޯސްވެ، މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރުނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން މި ސަމާލު ނެރުނީ ހެނދުނު 8:00 ފެށިގެން މެންދުރު 2:00 އާ ހަމައަށެވެ.
މެޓުން ބުނީ މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މި އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވާއިރު، ރޭ ދަންވަރުން ފެށިގެން އުތުރުގެ އަތޮޅުތަކަށް ވަނީ ވަރަށް ބޮޑަށް ވިއްސާރަކޮށްފައެވެ.



