ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމުގައި ހުންނެވި އާދަމް ތައުފީގު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި ތައުފީގު އެ މަގާމުން އިސްތިއުފާދެއްވީ އިއްޔެެއެވެ.
މީގެ ކުރިން އެ ކުންފުނީގެ ދެވަނަ ޑީއެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު އާރިފް ވެސް ވަނީ މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ. އާރިފް އިސްތިއުފާ ދެއްވީ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މަގާމުން ވަކިކުރިތާ އެއް ދުވަސް ފަހުންނެވެ.
ކުރީގެ އެމްޑީ ނަޖާހު މަގާމުން ވަކިކުރުމާ ގުޅިގެން، އާ އެމްޑީއަކު އައްޔަން ކުރެވެންދެން ވަގުތީ ގޮތުން ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވީ ވެސް ތައުފީގެވެ.
އާދަމް ތައުފީގަކީ ކުރީގެ ސަރުކާރުގައިވެސް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރައްވާފައެވެ.



