ހުޅުމާލޭގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި، ހުޅުމާލެ، މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް 2026 ޖުލައި 20 ވަނަ ދުވަހުގެ ފަތިހު 3:47 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.
އަދު މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބޭގޮތުގައި ގެއްލުން ދީފައި ވަނީ ހުޅުމާލެ ފޭސް-1 ގައި ހުންނަ މަސްޖިދު އަޒީޒާ މިސްކިތަށެވެ. އިއްޔެ ރޭ މެންދަމުގެ ވަގުތެއްގައި އެ މިސްކިތަށް ދިން ގެއްލުންތަކުގެ ތެރޭގައި ބައެއް ދޮރުފަތްތަކުގެ ބިއްލޫރިތައް ތަޅާލުން ހިމެނެއެވެ. މީގެ އިތުރުން މިސްކިތު އެތެރޭގައި ހުރި މުސްހަފްތައް އުކާލައި ގެއްލުން ދީފައިވެއެވެ.
ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުގެ މިސްކިތްތަކަށް މިފަދަ ގެއްލުންތައް ދިނުމުގެ އަމަލުތައް ތަކުރާރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.



